ކ. ގުރައިދޫގައި ކޮވިޑު ކޭސްގެ އަދަދު 112 އަށް - މިއީ ރައްޔިތުން ކެތްތެރިވާންވީ ވަގުތު: ކައުންސިލް

ކ. ގުރައިދޫގައި ކޮވިޑު ކޭސްގެ އަދަދު 112 އަށް އަރައިފި އެވެ. އެރަށު ކައުންސިލުގެ ރައީސް ހުސައިން ޔާމީން ދުވަސްއެމްވީއަށް ވިދާޅުވީ އެރަށުން ފުރަތަމަ ފެނުނު 3 ކޭސް އާގުޅިގެން މިހައިތަނަށް 324 މީހުން ޑައ...

24 Oct 2021 | 08:11

ކ. ގުރައިދޫގައި ކޮވިޑު ކޭސްގެ އަދަދު 112 އަށް އަރައިފި އެވެ.

އެރަށު ކައުންސިލުގެ ރައީސް ހުސައިން ޔާމީން ދުވަސްއެމްވީއަށް ވިދާޅުވީ އެރަށުން ފުރަތަމަ ފެނުނު 3 ކޭސް އާގުޅިގެން މިހައިތަނަށް 324 މީހުން ޑައިރެކްޓް ކޮންޓެންޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މިރަށުގަ މިހާރު112 ކޭސް ފެނިއްޖެ. އެހެންވީމަ ރައްޔިތުން ހޭލުންތެރިކުރުވުމަށް ވަރަށްގިނަ ކަންކަން ކުރަމުން މި އަންނަނީ. އެގޮތުން ކައުންސިލުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެމުން މިއަންނަނީ. އަދި އެހެނިހެން ގޮތްގޮތުން ވެސް މިއަންނަނީ މައުލޫމާތު ފޯރުކޮށްދެމުން." ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުންދޭ ޚިދުމަތްތައް ވެސް އޮންލައިންކޮށް ދިނުމަށް ނިންމައި، ގޭބިސީތަކުން ކުނި އުކާލާ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އެރަށް މޮނިޓަރިންގ އަށްލާފައިވާތީ އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި ރަަށަށް އެރުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ރޭގަނޑު 9 ން ފަތިހު 4 ޖެހުމާއިދެމެދު ކާފިއު ހިންގާފައިވާތީ، އެކަމަށް އެންމެހައި ރައްޔިތުން ސަމާލުވެ، އެ އެންގުމަށް ތަބާވުމަށް ޔާމީން ވަނީ އިލްތިމާސް ކުރައްްވާފަ އެވެ.

ޔާމީން އިތުރަށް ވިދާޅުވީ މިވަގުތަކީ ރައްޔިތުން ކެތްތެރިވާންވީ ވަގުތުކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެނެގް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

https://web.facebook.com/kguraidhoocouncil

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް