މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވައިފި، މިވަގުތު ތިބީ 22 ދަރިވަރުން

ހުޅުމާލޭގައި ސަރުކާރުގެ ޕްރީ ސްކޫލެއް ހުޅުވައިފި އެވެ. މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ނަމުގައި ހުޅުވި މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ސްކޫލަކީ އަމިއްލަ ފަރާތަކ...

24 Oct 2021 | 08:07

ހުޅުމާލޭގައި ސަރުކާރުގެ ޕްރީ ސްކޫލެއް ހުޅުވައިފި އެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ނަމުގައި ހުޅުވި މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތް ކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލް އިމާރާތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ސްކޫލްގެ ކިޔެވުން ރަސްމީކޮށް ފެށީ 22 ދަރިވަރުންނާއި އެކު ކަމަށެވެ. މިދަރިވަރުންނަށް ކިޔަވައިދިނުމަށް ހަ ޓީޗަރުން ތިބޭނެ އެވެ. އަދި ދެ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި ހަތަރު ސަޕޯޓު ސްޓާފުން މަަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް ހުރެ އެވެ. މީގެ އިތުރުން ހޯލް، ސްޓާފްރޫމް، މީޓިން ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓަރު ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.

މި ސްކޫލްގައި ކިޔަވައިދޭނީ އެލްކޭޖީ އަދި ޔޫކޭޖީއަށް އެކަންޏެވެ. މުހައްމަދު ގާސިމް ޕްރީސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

އެޑިއުކޭޝަނުން ބުނީ އަދިވެސް ސްކޫލްގައި ޖާގަ ހުރުމުން އެ ސްކޫލަށްކުދިން ވެއްދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. https://myoffice.moe.gov.mv/forms/id/2 މި ލިންކު މެދުވެރިކޮށް ފޯމު ހުށައެޅޭނެއެވެ.

އަދި މި ސްކޫލަށް ވަންނަ ދަރިވަރުންނަށް މިހާރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާއި އެކު ސްކޫލަށް ދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް