ކުޅުދުއްފުށީގަިއ ހުރި ލަކުޑިތަކެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެ އެވެ.
މިކަމާއިގުޅިގެން އެމްއެންޑީއެފް އިން ބުނީ ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން، ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފަ ހިފާފައިވާ ކަމަށެވެ.
މި ހަރުފަ މިއަދު ފެނިފައިވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް މިއަދު ލިބުމާ އެކު، ސިފައިންގެ ޓީމެއް ވަނީ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައި ކަމަށާއި ސިފައިންނާއި ފުލުހުން ގުޅިގެން ހިފި މި ހަރުފައިގެ ދިގުމިނުގައި 42 އިންޗި ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް