ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބި...

24 Oct 2021 | 06:01

ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ އެތާކައިރީ ހުރި ކުނިތަކެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް