ފ. ބިލެއްދޫގައި ބޭއްވި "ފާނަ މަސްވެެރިން ފުޓުސަލް މުބާރާތް 2021" ގެ ޗެމްޕިއަންކަން ޖަވާހިރު-2 ގެ ޓީމުން ހޯދައިފި

ފުރަތަމަ ފަހަރަށް ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ފ. ބިލެއްދޫގައި ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ. ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ފ. ބިލެތްދޫ ގައި ވޭއްވި މި ފުޓްސަލް މުބާރާތް ކުރިޔަށް ދިޔައީ...

24 Oct 2021 | 04:21

ފުރަތަމަ ފަހަރަށް ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ފ. ބިލެއްދޫގައި ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.

ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ފ. ބިލެތްދޫ ގައި ވޭއްވި މި ފުޓްސަލް މުބާރާތް ކުރިޔަށް ދިޔައީ މި ހިނގާ އޮކްޓޫބާރ މަހުގެ 18 އިން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލީގު އުސޫލުން ކުރިއަށްގެންދިޔަ މި މުބާރާތުގައި ބިލެތްދޫގެ ފާނަ މަސްވެރިކަން ކުރާ 06 ދޯންޏަކުން 6 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ރޭވިފައިވާ ގޮތުން ފައިނަލަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށް ދަތުރުކުރީ ޖަވާހިރު-2 ދޯނީގެ ޓީމާއި ރަސްމަގު-4 ދޯނީގެ ޓީމެވެ. މި މުބާރާތުގެ ފައިނަލް މެޗު ވަނީ އިއްޔެ ކުޅެފައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ބިލެތްދޫ ފުޓުސަލް ދަނޑުގާއި ކުޅުނު ފައިނަލް މެޗް ގައި ޖަވާހިރު-2 ދޯނީގެ ޓީމާއި ރަސްމަގު-4 ދޯނީގެ ޓީމު ބައްދަލުކުރި އިރު، ފޯރިގަދަ ކުޅުމަކަށްފަހު 4-6 ގެ ނަތީޖާއިން ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ނެގީ ޖަވާހިރު-2 ގެ ޓީމެވެ. އިއްޔެ ހަވީރު ކުޅުނު މި ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ބިލެތްދޫ ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް އެވެ.

މުބާރާތުގެ ފައިނަލް މެޗާއި އެކު މުބާރާތް އިއްޔެ ނިމިފައިވާއިރު، މި މުބާރާތުގެ އެކިއެކި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވެސް ވަނީ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެގޮތުން މުޅި މުބާރާތުގެ މޮޅުކުޅުންތެރިއަަށް ހޮވިފައި ވަނީ ޖަވާހިރު-2 ޓީމުގެ ސިފުނީޒު ނާސިރުއެވެ. އަދި މުޅި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަސްމަގު4 ދޯނީ ޓީމުގެ ވިޝާމް ހަލީލްއެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމުލަ 18 ގޯލް ޖަހާފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ރަސްފަރި ދޯނީގެ ޓީމެއެވެ. އަދި މި މުބާރާތުގައި ކުޅުނު އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޖަވާހިރު-2 ޓީމުގެ އީސަބެއެވެ. މުޅި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔއަށް ހޮވިފައިވަނީ ރަސްމަގު-4 ޓީމުގެ ސާވިލް ސާމިލް އެވެ.

މުބާރާތުގައި ހޮވި އެންމެ މޮޅު ފަސްކުޅުންތެރިން

ސިފުނީޒު ނާސިރު: ޖަވާހިރު-2

ވިސާމް ހަލީލް: ރަސްމަގު-4

އަހުމަދު ހަސަން: ކަޅިރަވަ-3

ފައުޒާން ފަވާޒު: ޖަވާހިރު-2

ހިސާން : ރަސްފަރި

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ހުރީހާ ޓީމުތަކުގެ އިތުރުން މުބާރާތުގައި ރެފްރީކަން ކުރި ރެފުރީންނާއި މުބާރާތުގައި ފަނޑިޔާރުކަން ކުރި ފަނޑިޔާރުންނަށް ވެސް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 (ތިންހާސް ރުފިޔާ) ގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދިންއިރު މުބާރާތުގެ ރަނަރަޕް ޓީމަށް ޓްރޮފީ އާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ.

ބިލެތްދޫ ރަށުކައުންސިލް އާއި ބިލެތްދޫ ޕޮލިސް ސްޓޭޝަން އިސްނަގައިގެން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ބިލެތްދޫ ފާނަ މަސްވެރިންގެ މެދުގައި ކުޅިވަރު ރޫހު އާލާކޮށް އެކުވެރިކަމާއި އެއްބާއިވަންތަ ކަން އާލާކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި މަސްވެރިން ބޭއްތިއްބުމުގެ އިތުރުން އާމާން މުޖުތަމައެއް ބިނާކުރުމުގެ މާގުސަދުގައި ކަމަށް އެފަރާތުން ބުނެއެވެ.

ފާނަ މަސްވެެރިން ފުޓުސަލް މުބާރާތް 2021 ގެ މެއިންސްޕޮންސާރ އަކީ މެގްނެޓިކް ޕަވަރ އިންޖިނިއަރިންގ ޕްރާއިވެޓް ލިމިޓެޑްއެވެ. އަދި ކޯ ސްޕޮންސަރ އެންދެރި ސްޓޯރާއި ބެވަރޭޖް ޕާޓްނަރަ އެމް.ޔޫ.ސްޓޯރުގެ އިތުރުން ސަފާނާ ވެލްޑިންގއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް