މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ

ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ...

24 Oct 2021 | 03:53

ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ ދަށުން، މަފުށީގެ 25 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އަދި 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާފައިވެ އެވެ.

އެމްޓީސީސީން ކުރިން ބުނެފައިވަނީ ހިއްކާފައިވާ 25 ހެކްޓަރުގެ ބިން ރަށާއި ގުޅާލާނީ ބްރިޖަކުން ކަމަށެވެ. އަދި މި މަޝްރޫއިން މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 118.07 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް