ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފި

މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފިއެވެ. މި އެވޯޑް ހައްޤުވެރިންނަށް ހަވާލުކޮށްދެއްވާފައި ވަނީ މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި ހާއްސަ ރަސ...

24 Oct 2021 | 03:39

މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ދީފިއެވެ.

މި އެވޯޑް ހައްޤުވެރިންނަށް ހަވާލުކޮށްދެއްވާފައި ވަނީ މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެވެ.

ޒުވާނުންގެ ދުވަހު ދޭ މި  އެވޯޑަކީ ޤައުމަށް ޙިދުމަތްތެރި ޒުވާނުންގެ އަގު ވަޒަންކޮށް ޒުވާނުން ބާރުވެރިކުރުވާ އެ އަގު ހުރި ޙިދުމަތް ތަކުގައި ދެމި ތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީއިން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ދީފައިވަނީ ތަފާތު ނުވަ ދާއިރާ އަކުންނެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމުގެ ދާއިރާ ހިމެނޭނެހެން، ދިވެހި ބަހާއި ސަގާފަތައް ޙިދުމަތް ކުރުމުގެ ދާއިރާ އާއި ފަންނުވެރިކަމުގެ ދާއިރާ އާއި ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާ އާއި ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ވިޔަފާރިއާއި އިޤްތިސާދީ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ކުޅިވަަރަށް ޙިދުމަތް ކުރުމުގެ ދާއިރާއިންނެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތަކާއި ދާއިރާތައް

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމުގެ ދާއިރާ - މަރިޔަމް ޝަހުދާ

ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާ - އިއްޒަތު ނިޒާރު

ފަންނުވެރި ކަމުގެ ދާއިރާ - ނާޒިމް ހަސަން

ދަރުމައަަށް މަސައްކަތް ކުރުމުގެ ދާއިރާ - އައިޝަތު ތޯއިފާ

ޒުވާނުން ބާރުވެރި ކުރުވުމުގެ ދާއިރާ - ހަސަން ފަރުހާން

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާ - އަފާ ހުސައިން

ދަނޑުވެރި ކަމުގެ ދާއިރާ - އަލީ ފަވާޒް

ވިޔަފާރި އާއި އިގްތިސާދީ ދާއިރާ - އަރުޝަދު އަހުމަދު

މަސްވެރިކަމުގެ ދާއިރާ - އަބްދުﷲ ޔަމާން

ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ - އަހުމަދު އަބްދުލްކަރީމް

ދަނޑުވެރި ކަމުގެ ދާއިރާ - އަލީ ފަވާޒް

ވިޔަފާރި އާއި އިގްތިސާދީ ދާއިރާ - އަރުޝަދު އަހުމަދު

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރުމުގެ ދާއިރާ - އަފާ ހުސައިން

ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 22 ވަނަ ދުވަހުއެވެ. ޒުވާނުންގެ އަގު ވަޒަންކޮށް މި ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް