ބަންގްލަދޭޝްގެ ދަރިވަރެއް އަންދައިލި މައްސަލާގައި 16 މީހަކަށް މަރުގެ ހުކުމް

ބަންގްލަދޭޝަގައި މިއަހަރުގެ އެޕްރީލް 6 ވަނަ ދުވަހު އަލިފާން ރޯކޮށްލައި މަރައިލި ނުސްރަތު ޖަހާން ރަފީގެ މައްސަލާގައި 16 މީހެއްގެ މައްޗަށް މަރުގެ ހުކުމް ކޮށްފިއެވެ. ޑާކާގެ ބޭރުގައި އޮންނަ ފެނީ އަވަށުގައ...

24 Oct 2019 | 07:06

ބަންގްލަދޭޝަގައި މިއަހަރުގެ އެޕްރީލް 6 ވަނަ ދުވަހު އަލިފާން ރޯކޮށްލައި މަރައިލި ނުސްރަތު ޖަހާން ރަފީގެ މައްސަލާގައި 16 މީހެއްގެ މައްޗަށް މަރުގެ ހުކުމް ކޮށްފިއެވެ.

ޑާކާގެ ބޭރުގައި އޮންނަ ފެނީ އަވަށުގައި އުމުރުން 19 އަހަރުގެ ނުޝްރަތު މަރާލުމުގައި އިސްވެ އުޅުނީ އޭނާ ކިޔަވަންދާ ސުކޫލުގެ ހެޑްމާސްޓަރެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކޮލެޖުގެ ހެޑްމާސްޓަރު ސިޔާޖް ޑޮއުލާ ނަމަކަށް ކިއުނު މީހާ ނުސްރަތުގެ ގައިގައި އަތްލާ ޖިންސީ ފުރައްސާރަ ކުރާ މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ.

ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އޭނާ ވަނީ އެސުކޫލުގެ ހެޑްމާސްޓަރުގެ އިތުތުން ތިން ޓީޗަރެއްގެ މައްޗަށް ވެސް ކޮށްފައެވެ. އޭގެ ފަހުން ހެޑްމާސްޓަރު ވަނީ އެ މައްސަލަ އަނބުރާ ގެނައުމަށް ނުސްރަތަށް އިންޒާރު ވެސް ދީފައެވެ.

ނުސްރަތު ހުށަހެޅި މައްސަލާގައި އޭނާގެ އިތުރުން އެއްކުލާހެއްގައި ކިޔަވާ އިތުރު ދެ ކުއްޖަކަށްވެސް ޓިޗަރުން ޖިންސީ ފުރައްސާރަ ކުރާކަމަށް އޭނާ ވަނީ ބަޔާނުގައި ބުނެފައެވެ.

ނުސްރަތު އެމައްސަލަ އަނބުރާ ނުގެނައުމުން މޫނު ބުރުގާ އަޅައިގެން ތިބި ފަހެއް ނުވަތަ ހަތަރު މީހުންގެ ގުރޫޕަކުން އޭނާގެ ގައިގައި އަލިފާން ރޯކޮށްލައި މަރައިލި ކަމަށް ބީބީސީން ރިޕޯޓުކޮށްފައި ވެއެވެ.

ނުސްރަތު މަރާލާފައި ވަނީ ޖިންސީ ފުރައްސާރަކުރާ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 11 ވަނަ އަށް ވީ ދުވަހުއެވެ.

ނުސްރަތު އަންދައިލި މައްސަލަ އެ ކޮލެޖުގެ ހެޑްމާސްޓަރުގެ އިތުރުން ތިން ޓީޗަރުންގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ވެރިކަންކުރާ އަވާމީ ލީގް ޕާޓީގެ ދެ ލީޑަރުންގެ މައްޗަށް ވެސް ވަނީ އެކުށް ސާބިތުވެފައެވެ.

ނުސްރަތުގެ ހަށިގަނޑުގެ 80 އިންސައްތަ ވަނީ ފިހެފައެވެ. އޭނާ މަރުވެފައި ވަނީ އެހާދިސާގެ ހަތަރު ދުވަސް ފަހުން އެޕްރީލް 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް