ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އޮސްޓްރޭލިއާގެ ނޫސްވެރިން

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ. މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއ...

24 Oct 2019 | 06:39

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް ސިލްސިލާކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ މިފަދަގޮތަކަށް އެހެން ގައުމެއްގެ ޓިމެއް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ގެނަ 15 ވަނަ ފަހަރެވެ.

މިމަހުގެ 20 އިން 26 ގެ ނިޔަލަށް މި ގްރޫޕު ރާއްޖ އައި މިދަތުރުގައި ފަތުރުވެރިކަން އެމީހުން އަމިއްލައަށް ތަޖުރިބާކޮށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އައި ދަތުރެކެވެ.

އޮސްޓެރޭލިއާގެ ނޫސްވެރިންގެ މި ޚާއްސަ ދަތުރުގައި، ރާއްޖޭގެ ރިސޯޓުތަކުން ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތާއި އާދަކާދައިގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ތަޖުރިބާތައް އެމީހުން މަސައްކަތްކުރާ މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާނެ އެވެ.

އޮސްޓްރޭލިއާގެ ނޫސްވެރިންގެ މިޓީމުގައި އެޤައުމުގެ އެސްކޭޕް، ވެސްޓް އޮސްޓްރެއިލިއަން، މޭރީ ކްލެއަރ އަދި ހޫ މެގެޒިންގެ ތަޖުރިބާކާރު ނޫސްވެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް