ދައުލަތުން 900 މިލިއަނަށްވުރެ ގިނަ ފައިސާ ލޯނަށް ދައްކައިފި

ދައުލަތުން ނަގާފައިވާ ލޯނުތަކަށް 900 މިލިއަނަށްވުރެ ގިނަ ފައިސާ މިއަހަރުގެ މިހާތަނަށް ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތ...

24 Oct 2019 | 06:08

ދައުލަތުން ނަގާފައިވާ ލޯނުތަކަށް 900 މިލިއަނަށްވުރެ ގިނަ ފައިސާ މިއަހަރުގެ މިހާތަނަށް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުން ނަގާފައިވާ ލޯނުތަކަށް ދެއްކި ދަރަނީގެ އަދަދު 964.7 މިލިއަން ރުފިޔާ އަށް އަރައެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ދައްކާ ފައިސާގެ ގޮތުގައި ހަމަޖެހިފައިވަނީ 2.88 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ދަރަނީގެ ގޮތުގައި މިވަގުތު 50.9 ބިލިއަން ރުފިޔާ އޮތްއިރު، 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. ބޭރު ދަރަނީގެ ގޮތުގައި 21.3 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ދިވެހި ސަރުކާރުން މި އަހަރުގެ ނިމިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ނެގި ލޯނުގެ މިންވަރަކީ 733.5 މިލިއަން ރުފިޔާ އެވެ.

ފިނޭންސުން މިދިޔައަހަރު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2016 އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް