ލޯބީގެ މިސާލު ދައްކަނީ ހަމައެކަނި ލޯބިވާކަން ދުލުހުން ބުނެގެންނެއް ނޫނެވެ. އެކި ގޮތްގޮތަށް ލޯބިވާކަން ހާމަކުރެވޭނެއެވެ.
ޖަޕާނަށް ނިސްބަތްވާ މި ޖޯޑުގެ ލޯބި ދައްކުވައިދެނީ މުޅިން ތަފާތު ގޮތަކަށެވެ. ކައިވެންޏަށް 39 އަހަރުވެފައިވާއިރު ކޮންމެ ދުވަހަކު ވެސް ދެމީހުން ލަނީ އެއް ކުލައިގެ ހެދުމެވެ. އެކި ކަހަލަ ސްޓައިލްތަކުގެ އެއްވަތައްރު ހެދުން ލައިގެން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މިދެމަފިރިންނަކީ ލޯބިވެރިންނަށް މިސާލެކެވެ.
މިދެމަފިރިންގެ އިންސްޓްގްރާމް އެކައުންޓެއް ހަދާފައިވާއިރު، އަށް ލައްކައަށްވުރެ ގިނަ މީހުން ފޮލޯކުރެއެވެ. މުޅި ފީޑުން ފެނިގެންދަނީ ދެމީހުން އެކީގައި ނަގާފައިވާ ރީތި ފޮޓޯތަކެވެ.
ފެޝަނަށް ލޯބިކޮށް ފެޝަނަށް އުޅުމަކީ ހަމައެކަނި ޒުވާންކުދިންނަށް އޮތް ކަމެއް ނޫން ކަމަށް ވެސް މިދެމަފިރިން ވަނީ ސާބިތުކޮށްދީފައެވެ. އެކަން ދެމަފިރިން އަޅާ ހެދުންތަކުން ސާބިތުވާނެއެވެ. މި ދެމަފިރިން ވަނީ 2017 ވަނަ އަހަރު އަމިއްލަ ވިޔަފާރިއެއް ފަށާފައެވެ. އެއީ ތަފާތުއެކި ފެޝަންތަކުގެ ހެދުން ވިއްކާ ވިޔަފާރިއެކެވެ. ވިޔަފާރި ޕްރޮމޯޓްކޮށް ވިޔަފާރީގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަނީވެސް މިދެމަފިރިންނެވެ. އެގޮތުން ހެދުންތައް ލައިގެން މޮޑެލްވެސް ކުރަނީ ހަމަ މިދެމަފިރިންނެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފިރިހެންމީހާ ބުނީ، އަންހެނުންދެކެ ލޯބިވާކަން މީހުންނަށް އަންގަން ބޭނުންވީ ތަފާތު ގޮތަކަށް ކަމުގައެވެ. އެހެންކަމުން ވިޔަފާރިއެއް ފަށައި އިންސްޓްގްރާމްގައި އެކައުންޓެއް ހަދައިގެން ފޮޓޯ ހިއްސާކުރަން ފެށިކަމަށް އޭނާ ބުންޏެވެ. އެމީހުންގެ ލޯބި ދުނިޔެއަށް ދައްކަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް