އަލީ އާރިފް ޖޭޕީގެ އެސްޖީއަކަށް ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާރިފް ހަމަޖައްސައިފިއެވެ. އަލީ އާރިފް އެ މަގާމަށް ހަމަޖައްސަވ...

24 Oct 2019 | 05:25

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާރިފް ހަމަޖައްސައިފިއެވެ.

އަލީ އާރިފް އެ މަގާމަށް ހަމަޖައްސަވައި އެކަމުގެ ލިޔުން އެމަނިކުފާނާއި ހަވާލު ކުރެއްވީ ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

އަލީ އާރިފަކީ ޕީޕީއެމްގައި ހުންނެވިއިރު އެޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުވެސް އަދާ ކުރެއްވި ބޭފުޅެކެވެ. އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.

އެބޭފުޅުން އަންނަނީ މިއަދު ޖޭޕީއަށް މެންބަރުން އިތުރުކޮށް އެޕާޓީ ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ވެސް ބައިވެރިވަމުންނެވެ. ޖޭޕީގެ ކުރީގެ އެސްޖީއަކަށް ހުންނެވީ ހުސެއިން ރަޝީދެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑަބްލިއު އެޗްއޯގެ ރީޖަނަލް އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގަތުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް