ޖަޕާނުގެ ބޮޑުވަޒީރު ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ. މި ހާއްސަ ފަރިއްކޮޅަކީ ޖަޕާނުގެ އައު އެމްޕެރަރ...

24 Oct 2019 | 04:09

ޖަޕާނުގެ ބޮޑުވަޒީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ހާއްސަ ފަރިއްކޮޅަކީ ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވުމަށް އެގައުމަށް ޒިޔާރަތްކުރެއްވި ގައުމުތަކުގެ އެންމެ އިސްވެރީންގެ ޝަރަފުގައި ޖަޕާނުގެ ބޮޑުވަޒީރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެކެވެ.

ޖަޕާނުގެ ބޮޑުވަޒީރު ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސްގެ އިތުރުން އެކި ގައުމުތަކުގެ އެންމެ އިސްވެރިންނާއި މަތީފެންވަރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުފުޅަކީ ޖަޕާނުގެ އައު އެމްޕެރަރ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނު ސަރުކާރުން ދެއްވި ދައުވަތަކަށް އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެމްޕަރަރ ނަރުހީޓޯ ތަޚްތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ދުނިޔޭގެ 170 ގައުމެއްގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް