ކައިވެނިކުރަން ބޭނުންނަމަ ލިބިދާނެ ކަމަށް ސަލްމާން ބުނެފި

ބޮލީވުޑްގައި މިހާރު ކައިވެނިނުކޮށް ގިނަ ދުވަސްވެފައިވާ މީހުންގެ އެންމެ ކުރީސަފުގައި ހުރި ސަލްމާން ޚާން އާއި ކައިވެނިކުރަން ބޭނުންނަމަ ހަމަ ލިބިދާނެ ކަމަށް އޭނާ ބުނެފިއެވެ. ސަލްމާންގެ ކުރިއަށް އޮތް ފިލ...

24 Oct 2019 | 03:48

ބޮލީވުޑްގައި މިހާރު ކައިވެނިނުކޮށް ގިނަ ދުވަސްވެފައިވާ މީހުންގެ އެންމެ ކުރީސަފުގައި ހުރި ސަލްމާން ޚާން އާއި ކައިވެނިކުރަން ބޭނުންނަމަ ހަމަ ލިބިދާނެ ކަމަށް އޭނާ ބުނެފިއެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ދަބަންގް 3" ގެ ޓްރެއިލަރ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސަލްމާން ބުނީ އޭނާ މިހުރީ ހަމަ ކައިވެންޏަށް ތައްޔާރަށް ކަމަށެވެ.

ދަބަންގުން ސަލްމާން ފެނިގެންދާ ރޯލު، ޗުލްބުލް ޕާންޑޭ އާއި ކައިވެނިކުރަން އުތުރު އިންޑިއާ އިން ވެސް އެތައް ޕްރޮޕޯޒަލްތައް އަންނަ ކަމަށާއި ނަމަވެސް ޗުލްބުލް ޕާންޑޭ އުޅެނީ ރާއްޖޯ އާއި ކައިވެނިކޮށްގެން ކަމަށް އޭނާ ބުންޏެވެ. އެވާހަކަ އާއި ގުޅުވައިގެން އޭނާ ބުނީ، ނަމަވެސް ސަލްމާން އަދިވެސް މިހުރީ ހުސްކޮށް ކަމަށާއި، އެފުރުސަތު ހަމަ ކޮންމެ މީހަކަށްވެސް ލިބިދާނެ ކަމުގައެވެ.

އިންޑިއާ ނޫން އެހެން ގައުމުތަކުން ވެސް އޭނާ އަށް ކައިވެނިކުރުމުގެ ދައުވަތުތައް އަބަދުވެސް ލިބެލިބެ ހުންނަކަމަށް ވެސް ސަލްމާން ފާހަގަކުރިއެވެ.

އުމުރުން 53 އަހަރު ވެފައިވާއިރު ސަލްމާން ކައިވެނި ކުރާނީ ކޮން ދުވަހަކުންހޭ އެއީ އަބަދުވެސް މީހުން އަހާ ސުވާލެކެވެ. ދޭ ކޮންމެ އިންޓަވިއުއެއްގައި އޭނާ އެސުވާލާއި ކުރިމަތިލާން ޖެހެއެވެ. ކައިވެނިކުރަން ބޭނުން ކަމަށް ވެސް އެތައް ފަހަރަކު އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ކައިވެނި ކުރާނެ ވަގުތު ނޭންގޭ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް