ވަގު ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު އަންހެނަކު ހުއްޓުވައިފި

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީ އަންހެނަކު ހުއްޓުވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިމިގްރޭޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ. ދުވަހަށް މައުލޫމާތުދެއްވަ...

24 Sep 2019 | 16:03

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީ އަންހެނަކު ހުއްޓުވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިމިގްރޭޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ އެ އަންހެން މީހާ ހުއްޓުވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި މިގޮތަށް ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތްވަނަ އަންހެނާ ކަމުގައިވެސް އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އިމިގްރޭޝަނުން މި ފަހުން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ވަގު ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުންގެ އަދަދު ގިނަ ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް