ނައިބުރައީސް ދިރިއުޅުއްވާ ގެކޮޅު ކައިރިން ބަޑިބޭހާއެކު މީހަކު ހައްޔަރުކޮށްފި

ނައިބުރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ، ހިލާލީގެ ކައިރީގައި ބަޑިބޭހާއެކު އުޅުނު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔ...

24 Sep 2019 | 15:24

ނައިބުރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ، ހިލާލީގެ ކައިރީގައި ބަޑިބޭހާއެކު އުޅުނު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެ މެންދުރުފަހު 3:50 ހާއިރުގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އޭނާ ހުއްޓުވާ ބަލާ ފާސްކުރިއިރު ބަޑިބޭސް ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނުނެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރުވެސް ބަޑިބޭސް ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް