މިއަދު މެންދުރު ހައިވޭގައި ކޯނެއް ވަޔާ ދިޔުމުގެ ސަބަބުން ތިން ކާރު ޖެހި، އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މާލެ އިން ހުޅުމާލެ ދާން އޮންނަ ހައިވޭގައި މަސަތްކަތް ކުރަން ޖަހާފައިވާ ކޯނެއް ކާރާއި ދިމަލަށް ވަޔާ އައުމާ ގުޅިގެން ކަމަށެވެ. އެވަގުތު ކާރު ކުއްލިއަކަށް މަޑު ކުރުމުގެ ސަބަބުން، ފަހަތުން އައި ދެ ކާރަށް ކޮންޓްރޯލް ނުކުރެވުނީ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު 14:15 ހާއިރުއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓްގައި ތިން ކާރުގެ ޑްރައިވަރުން އަތުގައި ވެސް ލައިސެންސް އޮތެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް