ބައިނަލްއަގުވާމީ ވައިގެ ދަތުރުދަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އީކާއޯ) ގެ އާންމު ޖަލްސާއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކެނެޑާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ކެނެޑާގެ މޮންޓްރިއޯލްގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން ޖަލްސާގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި މިނިސްޓަރު ނަހުލާ ބައިވެރިވަޑައިގަންނަވާނެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އީކާއޯ ގެ އާންމު މަޖިލީހުގައި މިފަހަރު 192 މެމްބަރު ގައުމުތަކުގެ ތެރެއިން 172 ގައުމަކާއި، ވައިގެ ދަތުރުފަތުރާއި ގުޅުން ހުރި 61 ބައިނަލް އަގުވާމީ ޖަމުއިއްޔާއަކުން ބައިވެރިވާނެއެވެ.
އިކާއޯގެ އާންމު މަޖިލީހަކީ ކޮންމެ ތިން އަހަރުން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކާއި، ވައިގެ ދަތުރުފަތުރާއިބެހޭ ބައިނަލް އަގުވާމީ އެހެނިހެން ޖަމިއްޔާ ތަކުން ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް