މިނިސްޓަރު ޝާހިދު ކެނެޑާގެ ކުރީގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާއިދު، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި ބައްދަލުކުރައްވައިފިއެވެ. އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ 74 ވަނަ އާންމު ޖަލްސާގެ ހަވާސާގެ ތެރެއިން މި...

24 Sep 2019 | 09:56

ފޮރިން މިނިސްޓަރު އަބްދުﷲ ޝާއިދު، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި ބައްދަލުކުރައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ 74 ވަނަ އާންމު ޖަލްސާގެ ހަވާސާގެ ތެރެއިން މި ދެބޭފުޅުން ބައްދަލުކުރައްވައި މުހިންމު ކަންތައްތަކެއް މަޝްވަރާކުރެއްވިއެވެ.

އެގޮތުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ.

https://twitter.com/MoFAmv/status/1176305858793201664

މިނިސްޓަރު ޝާހިދު ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު، ޚާލިދު ބިން އަހުމަދު އަލްޚަލީފާއި ވެސް ބައްދަލުކުރައްވާފައެވެ. އ.ދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއަރ ސަރވިސް އެގްރިމެންޓާއި ގުޅޭ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް