މިއަހަރުގެ ސްކޫލު ބަންދާ ދިމާކޮށް ޑިސެމްބަރު މަހު ޢުމްރާއަށް ގެންދިއުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ގިބްލަ ހައްޖު އެންޑް ޢުމްރާ ކުންފުންޔަށް ތަރުހީބު ބޮޑުކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެ ޖަމާއަތުގެ ޑިސެމްބަރު މަހުގެ ޢުމްރާއަށް ތަރުހީބު ލިބޭ ސަބަބެއްކަމަށް އެކުންފުނިން ބުނެފައިވަނީ މަދަރުސާ ދަރިވަރުންނާއި އާއިލާތަކަށް ހާއްޞަ އަގުތަކެއް ހަމަޖައްސާފައިވާތީއާއި 4 އަދި 10 މީހުންގެ ގުރޫޕްތަކަށް ވެސް ހާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާތީކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާމިން އިދުރީސް ހާމަކުރެއްވިއެވެ.
ގިބްލަ ހައްޖު އެންޑް ޢުމްރާ ގުރޫޕުގެ މަޢުލޫމާތުދޭގޮތުގައި ޑިސެމްބަރ މަހު ޢުމްރާ ޕެކޭޖުގައި ވަރަށް ގިނަ ޚިދުމަތްތައް ހިމެނޭނެއެވެ.
އެޖަމާއަތުގެ ހަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް ދޭ ހިދުމަތްތަކުގެ ތެރޭގައި ޙަރަމްފުޅާ ކައިރިން ހޮޓާ، އިޙްރާމް، ދެކޮޅު ޓިކެޓް، މައްކާ އާއި މަދީނާގެ ޒިޔާރަތް ދަތުރު، ދެ ޢުމްރާ ކުރުމުގެ ފުރުޞަތު، ވިސާގެ ޚިދުމަތް، ދިވެހިންގެ ރަހަތަކާގުޅޭ ކެއުން، ތަމްރީން ޕްރޮގްރާމް އަދި ދީނީ މަޢުލޫމާތާއި ދަރުސް ދިނުން ހިމެނެއެވެ. ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ދަތުރުގައި ވަނީ ޖުމްލަ 18 ދުވަހެވެ. މައްކާގައި 16 ދުވަސް، މަދީނާގައި 2 ދުވަސް ހޭދަކުރާނެކަމަށާއި މައްކާއާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރާނެކަމަށްވެސް ޔާމިން ރަޝީދު ވިދާޅުވިއެވެ. އަގަކީ މީހަކަށް 22000 ރުފިޔާ އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމާއި ނަންނޯޓް ކުރެއްވުމަށް 9666104 ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެޖަމާއަތުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް