"ވޯކް ޓު ވޯކް" ގެ ނަމުގައި އެސްޓިއޯ އިން ހިންގާ ހަރަކާތުގައި މިއަދު އެކުންފުނީގެ ހުރިހާ މުވައްޒަފުން އޮފީހަށް ދިޔައީ ހިނގާފައެވެ.
އެސްޓީއޯގެ މުވައްޒަފުން މިއަދު ހިނގާފަށް އޮފީހަށް އައުމަށް ހިންގި ހަރަކާތަކީ އެކުންފުނީގެ މުވައްޒަފުން ދުޅަހެޔޮ ސިއްހަތަކަށް ހޭލުންތެރި ކުރުމަށެވެ. އަދި މުވައްޒަފުންގެ ފަރުދީ ޒިންމާ އަދާކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް މުވައްޒަފުންނަށް ބާރު އެޅުމުގެ ގޮތުން ކަމަށް އެކުންފުނިން ބުނެއެވެ.
މިއަދުގެ ހަރަކާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު އާއި އެކުންފުނީގެ އިސް ބޭފުޅުންވެސް އޮފީހަށް ވަޑައިގަތީ ފައިމަގުގައެވެ.
https://twitter.com/stoplc/status/1176360137771978753
އިންޖީނުލީ ދުއްވާއެއްޗެހީގެ ސަބަބުން ވައި ނުސާފުވެ މަގުމަތީގައި ދުމުގެ އަސަރު ހުރެއެވެ. އިންޖީނުލީ އުލަނދުތަކުގެ ސަބަބުން ސިއްޙަތައް އެތައް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
މިއީ މިފަދަ ހަރަކާތެއް ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ ކުންފުނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް