ހއ. އިން ނ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެންމެ އުތުރު އޮތޮޅުތައް ކަމަށްވާ ހއ. އަތޮޅުން ނ. އަތޮޅަށް ޔެލޯ އެލާޓް ނެތެރެފިއެވެ. މެޓް އޮފީހުން މިއަދު ބުނިގޮތުގައި މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހ...

24 Sep 2019 | 05:21

ރާއްޖޭގެ އެންމެ އުތުރު އޮތޮޅުތައް ކަމަށްވާ ހއ. އަތޮޅުން ނ. އަތޮޅަށް ޔެލޯ އެލާޓް ނެތެރެފިއެވެ.

މެޓް އޮފީހުން މިއަދު ބުނިގޮތުގައި މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި މީހުން ދިރިއުޅޭ ގެދޮރަށް ވެސް ވަނީ ފެންވަދެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް