މުލިއާގެއިން އެ ގެންދަނީ ރައީސް ދިރިއުޅުއްވުމުގައި ބޭނުންފުޅުކުރައްވާ ތަކެތި: ތަރުޖަމާނު

މުލިއާގެއިން ނެރެގެން ގެންދާ ތަކެއްޗަކީ ރައީސް އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅު ކުރައްވާ ތަކެތި ކަމުގައި ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓ...

24 Sep 2018 | 18:31

މުލިއާގެއިން ނެރެގެން ގެންދާ ތަކެއްޗަކީ ރައީސް އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅު ކުރައްވާ ތަކެތި ކަމުގައި ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ތަރުޖަމާނު ވިދާޅުވެފައިވަނީ ވޯޓްގެ ނަތީޖާ އާއި އެއްގޮތަށް ވެރިކަން ހަވާލުކުރެއްވުމުގެ މި މަރުހަލާގައި، މުލީއާގެއިން ގެންދާ ބައެއް ތަކެއްޗަކީ، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅުކުރައްވާތަކެތި ކަމަށެވެ.

"ޤާނޫނާ ޚިލާފު އެއްވެސް އެއްޗެއް ނުހުންނާނެ، ފަތުރަނީ ދޮގު ޚަބަރެއް" ތަރުޖަމާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ތަރުޖަމާނު މި މޭރުމުން މިރޭ ޓްވީޓްކުރައްވާފައިވާއިރު މުލީއާގެއިން ދެ ލޮރީއެއްގެ ތަކެތި ނެރެގެން ގެންދިއުމުން ރައްޔިތުންގެ ބަޔަކު ވަނީ ނިކުމެ އެ ލޮރީތަކުގައި ހުރީ ކޯއްޗެއްތޯ ބަލަން މަސައްކަތް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް