މިނިސްޓަރު މުއިޒު ޕީޕީއެމްއަށް ސޮއި ކުރައްވައިފި

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވެރިކަން ކުރާ ޕީޕީއެމް އާއި ގުޅިވަޑައިގެންފި އެވެ. ޕީޕީއެމްގެ އޮފީހުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރު މުއިޒުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އެޕާޓީގ...

24 Sep 2018 | 16:35

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވެރިކަން ކުރާ ޕީޕީއެމް އާއި ގުޅިވަޑައިގެންފި އެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރު މުއިޒުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އެޕާޓީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި އެވެ.

https://twitter.com/MMuizzu/status/1044243721510805509

ޑރ. މުއިޒު އެންމެ ފުރަތަމަ ސިޔާސީ ދާއިރާއިން ފެނިގެން ދިޔައީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުންނެވެ. އެއީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިޒު ހުންނެވީ އެމްޑީއޭގެ ސްލޮޓެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް