ރައީސް މައުމޫނާއި ފާރިސް މިއަދު ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ހަވީރު ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ. ރައީސް މައުމޫނާއި ފާރިސް ކޯޓަށް ހާޒިރު ކުރަން ނިންމާފައިވަނީ މިއަ...

24 Sep 2018 | 11:44

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ހަވީރު ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައީސް މައުމޫނާއި ފާރިސް ކޯޓަށް ހާޒިރު ކުރަން ނިންމާފައިވަނީ މިއަދު ހަވީރު 05:00 އަށެވެ. ކޯޓަށް ހާޒިރުކުރަން ނިންމާފައިވާއިރު ރައީސް މައުމޫނާއި ފާރިސް މައުމޫން އާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދު ނަދީމު ވަގުތުން ދޫކޮށްލުމަށްއެދި ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވެއެވެ.

ރައީސް މައުމޫން އަދި ފާރިސްގެ އިތުރުން ނަދީމްވެސް މިއަދު ދޫކޮށްލާނެކަމުގައި ބެލެވޭއިރު ވެރިކަމަށް ވަޑައިގަންނަތާ 24 ގަޑިއިރުގެތެރޭގައި ސިޔާސީ ގައިދީން މިނިވަން ކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވައުދުވެވަޑައިގެންފައިވެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރައްވާފައިވަނީ ވާދަކުރެއްވި ކެނޑިޑޭޓް، ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް