މަޓީން އިބޫއަށް މަރުހަބާ ކިޔައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ކިޔައިފި އެވެ. މަޓީން މިއަދު ނެރުނު ބަޔާނެއްގައި ...

24 Sep 2018 | 11:19

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ކިޔައިފި އެވެ.

މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ވެރިކަމުގައި ރާއްޖެއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި އިބޫގެ ސަރުކާރާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިބޫ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކި ގައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ.

ރައީސް ޔާމީނާއި ވާދަ ކުރައްވާ އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ 134،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް