ރައީސް މައުމޫން، ފާރިސް އަދި ނަދީމް ވަގުތުން ދޫކޮށްލުމަށްއެދި ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ވަގުތުން ދޫކޮށްލުމަށްއެދި ކޯޓަށް ހުށަހަޅައިފިއެވެ. މިކަން ހާމަކުރަ...

24 Sep 2018 | 08:49

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ވަގުތުން ދޫކޮށްލުމަށްއެދި ކޯޓަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކުރައްވާ ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި މައުމޫން ހަމީދު އިތުރަށް ވިދާޅުވެފައިވަނީ މެޑިކަލް އެޑްވައިސްއާއި އެއްގޮތަށް ރައީސް މައުމޫން ވަގުތުން ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

ރައީސް މައުމޫން އާއި ފާރިސް އަދި ނަދީމް ވަގުތުން ދޫކޮށްލަދިނުމަށްއެދި ކޯޓަށް ހުށަހަޅާފައިވާއިރު ރައީސް މައުމޫން ހިމެނިވަޑައިގަންނަވާ ކޯލީޝަނުން ވަނީ އިއްޔެގެ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް