އިބޫގެ ލީޑަޝިޕްގަ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ޔަގީންކުރަން: ޑރ. ޝަހީމް

ރާއްޖޭގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ލީޑަޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޔަގީންކުރައްވާކަމުގައި، އިންތިހާބުން ނާކާމިޔާބުވެވަ...

24 Sep 2018 | 07:10

ރާއްޖޭގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ލީޑަޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޔަގީންކުރައްވާކަމުގައި، އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ޝަހީމް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ގައުމު ހިންގުމުގައި އިބޫއަށް އެހީތެރިވެ އެއްބައިވަންތަ ވުމަށް ލޮބުވެތި ދިވެހި ރައްޔިތުންގެ އަރިހުން އެދިލައްވާކަމަށެވެ. ދިވެހި ގައުމު ކުރިއަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް