ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވަން ރައީސް އޮފީހަށް ދެންމެ ވަޑައިގެންފި އެވެ.
މިއީ ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިންތިހާބަށް ފަހު ދެ ބޭފުޅުން ބައްދަލުވާ ފުރަތަމަ ފަހަރެވެ. އިބޫ ރައީސް އޮފީހަށް ވަޑައިގެންނެވީ ރައިސް ޔާމީންގެ ދައުވަތަކަށެވެ.
މި ބައްދަލުވުމުގައި އެއް ސަރުކާރު ބަދަލު ކުރުމުގެ ކަންކަން އޮމާންކަމާއި އަމާންކަމާ އެކު ކުރިޔަށް ގެންގޮސް ބާރުތައް ބަދަލުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމަށް ފަހު އިބޫ އާއި ރައީސް އަބްދުﷲ ޔާމީން 12:30 ގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް