އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް، ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މަރުހަބާ ދަންނަވައިފިއެވެ.
ކުރީގެ ރައީސް ޑރ. ވަހީދު އިބޫ ފައިސަލަށް މަރުހަބާ ދަންނަވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ހޯއްދެއްވި ކާމިޔާބީއަށް އިބްރާހިމް މުހައްމަދު ސާލިހް އަށާއި ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް