އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް އަވަށްޓެރި އިންޑިއާއިން މަރުހަބާ ކިޔައިފިއެވެ.
އިންޑިއާއިން އިބޫއަށް މަރުހަބާ ކިޔައި، އެގައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކަމާއެކު ކުރިއަށްދިޔައީތީ އިންޑިއާއިން ރާއްޖެއަށް މަރުހަބާ ކިޔާ ކަމަށާއި ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ހޯއްދަވާފައިވާ އިބޫއަށް އިންޑިއާއިން ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެ ނަތީޖާއަށް ބަލާލާއިރު އިބޫއަށް 134616 ލިބިފައިވާއިރު ރައީސް ޔާމީނަށް ލިބިފައިވަނީ 96132 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް