ގޯހެއް ހެދުމުގެ ވަސްވާހަށް ނުހެއްލުމުގެ ހިތްވަރު ވެރިންނަށް ދެއްވުން އެދެން: ޝައިނީ

ގޯސް އަމަލެއް ހިންގުމުގެ ވަސްވާހަށް ނުހެއްލުމުގެ ހިތްވަރު ވެރިންނަށް ދެއްވުން އެދިލައްވާކަމުގައި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ޝައިނީ މިހެން ވިދާޅުވެފައިވަނ...

24 Sep 2018 | 04:45

ގޯސް އަމަލެއް ހިންގުމުގެ ވަސްވާހަށް ނުހެއްލުމުގެ ހިތްވަރު ވެރިންނަށް ދެއްވުން އެދިލައްވާކަމުގައި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު، އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އިއްޔެ ކާމިޔާބު ކުރައްވާފައިވާއިރު، ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައިވަނީ މިއަދަކީ އެމަނިކުފާނަށާއި ގައުމަށް އައު ދުވަހެއް އަދި އައު ފެށުމެއް ކަމަށެވެ.

"މިއީ ޕޮލިޓިކްސް، ގައުމަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށާއި ފާފަތަށް ފުއްސެވުމަށް މާތް ﷲގެ ހަޒްރަތަށް ދުއާ ދަންނަވަން" ޝައިނީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޝައިނީގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ގޯސް އަމަލެއް ހިންގުމުގެ ވަސްވާހަށް ނުހެއްލުމުގެ ހިތްވަރު ވެރިންނަށް މިންވަރުކުރެއްވުން އެދިލައްވާކަމަށާއި ގައުމު މިނިވަންކަންމަތީ ތާ އަބަދަށް ދެމިއޮތުން އެދިލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް