ވަގުތީ ނަތީޖާ އިލެކްޝަންސުން ހާމަކޮށްފި – ބޮޑުތަފާތަކުން ކުރީގައި އިބޫ

އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. ހާމަކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވ...

24 Sep 2018 | 04:27

އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ހާމަކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96132 (ނުވަދިހަ ހަހާސް ސަތޭކަ ތިރީސް ދެ) ވޯޓެވެ. އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް 134616 (އެއްލައްކަ ތިރީސް ހަތަރު ހާސް ހަ ސަތޭކަ ސޯޅަ) ވޯޓު ލިބިފައިވާކަމަށް އިލެކްޝަންސްގެ ވަގުތީ ނަތީޖާގައި ވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާ މަތީގައިއެވާގޮތަށް އިލެކްޝަންސުން އެންޑޯޒްކޮށްފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސުން ހާމަކޮށްފައިވީނަމަވެސް ނިމިދިޔަ އިންތިހާބާއިމެދު ޕީޕީއެމްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް