ރާއްޖޭގައި އިއްޔެ ނެގި ރިޔާސީ އިންތިހާބުގެ ވޯޓު ބޮޑުތަނުން ކާމިޔާބު ކުރައްވާފައިވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މޫސާ މަނިކު (ރީކޯ މޫސަ) މަރުހަބާ ދަންނަވައިފިއެވެ.
މޫސަ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ދަންނަވާފައިވަނީ ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
ރީކޯ މޫސަ އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ދަންނަވާފައިވާއިރު ރީކޯ މޫސައަކީ ރައީސް ޔާމީނަށް ކެމްޕޭނު ކޮށްދެއްވުމުގައި ވަރަށް އިސްކޮށް އުޅުއްވި މެމްބަރެކެވެ.
ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސާލިހް ބޮޑުތަކުން ކާމިޔާބުކޮށްފައިވާއިރު އިންތިހާބާއިމެދު ރައީސް ޔާމީން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް