އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ބޮޑުތަނުން ކާމިޔާބުކުރައްވާފައިވާއިރު ޒުވާނުންތަކެއް ނިކުމެ ރައީސް ޔާމީންގެ ބޮޑު ފޮޓޯ ވައްޓާލައިފިއެވެ.
އެ ފޮޓޯއަކީ ލޮނުޒިޔާރަތްކޮޅުގައި ބަހައްޓާފައިހުރި ފޮޓޯއެކެވެ.
ރިންގްރޯޑަށް ވާގޮތަށް އަޑުޕާކުގެ އުތުރުން ހަރުކޮށްފައިވާހުރި ރައީސް ޔާމީންގެ އެ ފޮޓޯ ވައްޓާލާފައިވަނީ އެ ފޮޓޯގެ ކަރާއި ހިސާބުގައި ވަލެއް އައްސާ ދަމައިގެންނެވެ. ފޮޓޯ ވައްޓލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބޮޑުތަކުން ބަލިވެވަޑައިގެންފައިވީނަމަވެސް އަދި މިހާތަނަށް ރައީސް ޔާމީން ބަލި ގަބޫލުފުޅުކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް