ރައީސް މައުމޫނާއި ނަޝީދު, އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް މުހައްމ...

23 Sep 2018 | 20:33

މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިބޫއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންތިހާބުން މިއަދު އިދިކޮޅަށް ލިބުނު ކާމިޔާބަކީ ތާރީހީ ކާމިޔާބެއް ކަމަށެވެ.

https://twitter.com/MohamedNasheed/status/1043951153816301568

ރައީސް މައުމޫންގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާތް ﷲ ހައްގަށް ނަސްރުދެއްވައިފި ކަމަށެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން ވޯޓު ދީފައިވަނީ އިންސާނިއްޔަތާއި އިންސާފަށާއި އޯގާތެރިކަމަށެވެ.

ދެ ރައީސުންގެ އިތުރުން އިދިކޮޅު އިސް ލީޑަރުން ގެންދަވަނީ އިބޫ އަށާއި ފައިސަލް ނަސީމަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް