އާބާދީ ބޮޑެތި ރަށްރަށުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނުން ހޯދައިފި

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ރާއްޖޭގެ އާބާދީ ބޮޑު އަތޮޅުތަކުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނުން ނަގައިފި އެވެ. އިދިކޮޅުން މެޖޯރިޓީ ހޯދި އާބާދީ ބޮޑެތި ސަރަހައްދުތަކުގެ ތެރޭގައި، މާލޭ...

23 Sep 2018 | 19:01

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ރާއްޖޭގެ އާބާދީ ބޮޑު އަތޮޅުތަކުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނުން ނަގައިފި އެވެ.

އިދިކޮޅުން މެޖޯރިޓީ ހޯދި އާބާދީ ބޮޑެތި ސަރަހައްދުތަކުގެ ތެރޭގައި، މާލޭ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި ހިމެނެ އެވެ.

އޭގެ ތެރެއިން މާލޭ ސިޓީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 21589 ވޯޓު ލިބިފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގެންނެވީ 12909 ވޯޓެވެ.

އައްޑޫ ސިޓީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިބޫއަށް 12123 ވޯޓު ލިބިފައިވެ އެވެ. ރައީސް ޔާމީން އަށް ލިބިވަޑައިގެންފައިވަނީ 5752 ވޯޓެވެ. ފުވައްމުލަކު ސިޓީން އިބޫއަށް 3846 ވޯޓު ލިބިފައިވާއިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 2978 ވޯޓެވެ.

ހދ. ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިބޫއަށް 2،447 ވޯޓު ލިބިފައިވެ އެވެ. އަދި ރައީސް ޔާމީން އަށް 2،076 ވޯޓެވެ.

މި ރަށްރަށުގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅު އަދި ހއ. ދިއްދޫ ފަދަ ރަށްރަށުގެ މެޖޯރިޓި އިދިކޮޅު ކޯލިޝަނުން ނަގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް