ނިޔާވި ފަޅުވެރިޔާ ކޯވިޑަށް ޕޮޒިޓިވް ވުމުން، ކ. ގުރައިދޫ މޮނީޓަރިން ހާލަތަށް

މިދިޔަ ހޮނިހިރު ދުވަހު، މަސްވެރިކަމުގައި އުޅެނިކޮށް ނިޔާވި ފަޅުވެރިޔާ ޕޮޒިޓިވް ކަން އެނގުމުން ކ. ގުރައިދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ. އެދުވަހު ނިޔާވީ، ފ. ބިލެއްދޫ ރާސްތާ ދޯނީގެ ފަޅުވެރިއެކެވެ....

24 Aug 2020 | 06:16

މިދިޔަ ހޮނިހިރު ދުވަހު، މަސްވެރިކަމުގައި އުޅެނިކޮށް ނިޔާވި ފަޅުވެރިޔާ ޕޮޒިޓިވް ކަން އެނގުމުން ކ. ގުރައިދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.

އެދުވަހު ނިޔާވީ، ފ. ބިލެއްދޫ ރާސްތާ ދޯނީގެ ފަޅުވެރިއެކެވެ. އެ ފަޅުވެރިޔާ ހާލު ދެރަވެގެން، އެ ދޯނި ގޮސް ބަނދަރު ކުރީ ކ. ގުރައިދޫގައެވެ. މަރުވެފައިވާކަން އެނގުނީ ގުރައިދޫ ސިއްހީ މަރުކަޒުން ގޮސް ބެލުމުންނެވެ.

ނިޔާވި ފަޅުވެރިޔާގެ ކޯވިޑް ޓެސްޓްގެ ނަތީޖާމިއަދު ޕޮޒިޓިވް ކޮށް ލިބިފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިހާރު ވަނީ ގުރައިދޫ މޮނީޓަރިން އަށް ގެންގޮސް އެކަން އެ ރަށުގެ ކައުންސިލަށް އަންގާފައެވެ.

އެ ފަޅުވެރިޔާ ޕޮޒިޓިވްކަން އެނގުމުން ކ. ގުރައިދޫ ކައުންސިލާއި އެ ރަށުގެ ޓާސްކް ފޯހުން މިހާރުވަނީ، މާސްކު އަޅައިގެން އުޅުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް