ރ. ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫއުގެ %35 ނިމިފައިވާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ގައު އެތުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާރު ހުރި ސިމެންތި ފާރުތައް ރޫޅާލުމަށްފަހު ކުނި ޖަމާކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 5.99 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2019 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް