އއ. އުކުޅަހުގައި ލައިސަންސު ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި އުމުރުން ތިން އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:15 ހާއިރުގައެވެ.
"އަނިޔާވި ކުއްޖާއަށް ބޭރުފުށުން ލިބިފައިވާ އަނިޔާއަކީ ކަކުލުން ތަންކޮޅެއް ހަން ގޮސްފައި ހުރުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ކުއްޖާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ރަސްދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސަންސު ނެތް ކަމަށާއި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް