ޓެކްސީއެއްގައި ބޭއްވުނު އެއް ލައްކަ ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ޓެކްސީއެއްގެ ތެރޭގައި މިއަދު ބޭއްވުނު އެއް ލައްކަ ރުފިޔާ ހޯދައި، އޭގެ ވެރި ފަރާތާއި އެ އެއްލައްކަ ރުފިޔާ ހަވާލުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިގޮތުގައި...

24 Aug 2019 | 17:27

ޓެކްސީއެއްގެ ތެރޭގައި މިއަދު ބޭއްވުނު އެއް ލައްކަ ރުފިޔާ ހޯދައި، އޭގެ ވެރި ފަރާތާއި އެ އެއްލައްކަ ރުފިޔާ ހަވާލުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިގޮތުގައި ޓެކްސީއެއްގެ ތެރޭގައި އެއް ލައްކަ ރުފިޔާއާއެކު ދަބަހެއް ބޭއްވިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:20 އެހާކަންހާއިރުގައެވެ.

"ފުލުހުންގެ މަސައްކަތުން މި ފައިސާ ތައް ވަނީ ހޯދާފައި، ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި ދަބަސް ބޭއްވުނު ޓެކްސީ ހޯދައިގެން" ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް