ހަލިމަގު ސަރުމާރިތައް ކޮންކުރީޓަށް ބަދަލުކުރަން ފަށައިފި

ސިނަމާލެ ބުރިޖު ހަލިމަގުގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކު ސަރުމާރިތައް ކޮންކުރީޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑ...

24 Aug 2019 | 13:27

ސިނަމާލެ ބުރިޖު ހަލިމަގުގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކު ސަރުމާރިތައް ކޮންކުރީޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ބައެއް މީޑިއާތަކަށް މިއަދު މައުލޫމާތުދެމުން އެޗްޑީސީން ބުނެފައިވާގޮތުގައި މިމަސައްކަތަށް ހަފްތާއަކަށްވުރެ ގިނަ މުއްދަތެއް ނަގާފާނެއެވެ.

ސަރުމާރިތައް ކޮންކުރީޓަށް ބަދަލުކުރަން ފަށާފައިވާއިރު މި އަހަރު ތެރޭގައި ހިނގި ބައެއް އެކްސިޑެންޓުތަކުގައި ޕްލާސްޓިކު ސަރުމާރިތައް އެތައް ފަހަރެއްގެ މަތިން ފުނޑުފުނޑުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް