މާލޭގައި އެއް ރަޖިސްޓްރީ ނަމްބަރެއް ބޭނުންކޮށްގެން ދުއްވި ދެ ކާރެއްގެ ތެރެއިން އެއް ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި ދެ ކާރެއް، އެއް ނަމްބަރެއް ބޭނުންކޮށްފައިވާ ފޮޓޯތަކެއް ދައުރުވާން ފެށުމުންނެވެ.
"އެވްމީ ކްރައިސިސް" ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި މަޝްހޫރު ދިވެހި ޑަކުޓަރަކު ދުއްވަމުން އަންނަ ކަޑިލަކް އެސްޔޫވީ ދެ ކާރުގައިވެސް ބޭނުން ކުރަމުން އަންނަނީ އެއް ނަމްބަރެކެވެ.
އެމްވީ ކްރައިސިސްގެ އެ ޕޯސްޓް ނޫސްވެރިޔަކު ވަނީ ފުލުހުންގެ މީޑިއާއާއި ނޫސްވެރިން ހިމެނޭގޮތަށް ފުލުހުން ހިންގަމުން އަންނަ ވަޓްސްއެޕް ގްރޫޕްގައި ޝެއަރ ކޮށްފައެވެ.
އެ ޕޯސްޓަށް ރައްދުދެއްވަމުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ އެތަނުން ކަޅު ކާރަކީ ރަޖިސްޓްރީ ނުކޮށް އޮތް ކާރެއް ކަމަށާއި ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް