ރައީސް ސޯލިހްގެ ޓްވީޓް ޕްރޮމޯޓް ކުރީ ގަސްތަކު ނޫން: ތަރުޖަމާނު

އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓް ޕްރޮމޯޓް ކުރެވުނީ އޮޅިގެން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ. ހޫދު މ...

24 Aug 2019 | 11:23

އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓް ޕްރޮމޯޓް ކުރެވުނީ އޮޅިގެން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިހެން ވިދާޅުވީ އެ ޓްވީޓް ޕްރޮމޯޓް ކުރުމުން އެކަމާއި ގުޅިގެން މީހަކު ޓްވިޓާގައި ލިޔުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ހޫދު ވިދާޅުވެފައިވަނީ އެ ޓްވީޓް ޕްރޮމޯޓް ކުރެވިފައިވަނީ ހެނދުނު 09:46 އިން ހެނދުނު 10:26 އާއި ހަމައަށް ކަމަށެވެ. ޕްރޮމޯޓް ކުރުމުގެ ހަރަދު ކަނޑާފައިވަނީ ޕްރައިވެޓް ކްރެޑިޓް ކާޑަކުން ކަމަށާއި ޓެކްސް ދައްކާ އެއްވެސް ފަރާތެއްގެ ފައިސާ އެކަމަށް ބޭނުންކޮށްފައިނުވާނެ ކަމުގައިވެސް ހޫދު ވިދާޅުވެފައިވެއެވެ.

https://twitter.com/MvSpokesperson/status/1165178361942958080

ރައީސް ސޯލިހްގެ ޓްވީޓެއް އޮޅިގެން ޕްރޮމޯޓް ކުރެވިފައިވާއިރު އެއްވެ އުޅުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހެއްވެސް ނިމިދިޔަ ހަފްތާގެތެރޭގައި އޮޅިގެން ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް