ސްރީ ލަންކާގައި ހިންގި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.
އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ސްރީ ލަންކާގައި ހިންގި ކުއްލި ނުރައްކަލުގެ ހާލަތު، އުވާލާފައިވަނީ އިއްޔެ އެވެ. މި ކުއްލި ނުރައްކަލުގެ ހާލަތު، 4 މަހަަށް ދެމިގެން ގޮސްފައިވެއެވެ.
އެޕްރީލް 21 ގައި ދިން ހަމަލާ އަށް ފަހު ރައީސް މައިތިރިޕާލާ ސިރިސޭނާ ގެންދެވީ ކޮންމެ މަހެއްގެ 22 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު މަސް ދުވަހަށް އިތުރު ކުރައްވަމުންނެވެ. ނަމަވެސް މި މަހުގެ 22 ވަނަ ދުވަހަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު ސިރިސޭނާ އިތުރު ކުރައްވައިފައެއް ނުވެއެވެ. އެހެންކަމުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވިފައެވެ.
ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު، ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 45 މީހުންނަކީ ބިދޭސީންނެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް