ސްޕީޑް ގަން ބޭނުން ކުރުން ހުއްޓާލީ "ހަލާކުވީމަ": ފުލުހުން

ސްޕީޑް ގަން ބޭނުން ކުރުން ހުއްޓާލީ "ހަލާކުވީމަ" ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ހިންގާ ޓްރެފިކް އޮޕްރޭޝަން ތަކުގައި ޒަމާނީ ސްޕީޑް ގަން ބޭނުން ކުރަން ފަށައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝ...

24 Aug 2019 | 08:18

ސްޕީޑް ގަން ބޭނުން ކުރުން ހުއްޓާލީ "ހަލާކުވީމަ" ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހިންގާ ޓްރެފިކް އޮޕްރޭޝަން ތަކުގައި ޒަމާނީ ސްޕީޑް ގަން ބޭނުން ކުރަން ފަށައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝަލް ފޭސްބުކުް ޕޭޖުގައި ކޮށްފައިވާ ޕޯސްޓަކަށް މީހަކު ކޮށްފައިވާ ކޮމެންތަކަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ ސްޕީޑް ގަން ބޭނުން ކުރުން ހުއްޓާލީ "ހަލާކުވީމަ" ކަމަށެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހާ އެންމެ ފުރަތަމަ އަހާފައިވަނީ މީގެ ކުރިންވެސް ދިވެހި ފުލުހުން ސްޕީޑް ގަން ބޭނުންކުރި ހަނދާނެއް ވާކަމަށެވެ. އަދި އެ ކޮމެންޓަށް ފުލުހުން ޖަވާބުދެމުން ބުނެފައިވަނީ މީގެ އަހަރުތަކެއް ކުރިން ސްޕީޑް ގަން ބޭނުންކުރި ކަމަށެވެ. ކޮމެންޓް ކުރި މީހާ އަނެއްކާވެސް ފުލުހުންގެ ކުރެ "ސްޕީޑް ގަން ބޭނުން ކުރުން ހުއްޓާލީ ކީއްވެތޯ" ސުވާލުކުރިއެވެ. އެ ސުވާލަށް ޖަވާބުދެމުން ފުލުހުން ބުނީ "ހަލާކުވީމަ" ކަމަށެވެ.

ފުލުހުންގެ މި ޖަވާބާއެކު ބައެއްް ފަރާތްތަކުން ދަނީ އެކަމަށް ޖޯކު ޖަހަމުންނެވެ. އަދި ސްޕީޑް ގަން އެއް ގަންނަށް "ޗަންދާ ނަގަންވީ" ނޫންހޭވެސް ބައެއް މީހުން ވަނީ ބުނެ މަލާމަތްކޮށްފައެވެ.

ފަހަކަށް އައިސް ފުލުހުންގެ އޮފިޝަން މީސް މީޑިޔާ ޕްލެޓްފޯމް ތަކުގައި އެކުވެރި ގޮތްގޮތަށް މުއާމަލާތު ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ވަގަށް ނަގާފައިވާ ސައިކަލަކާ ބެހޭގޮތުން ފުލުނުން ކޮށްފައިވާ ޓްވީޓަކަށްވެސް ވަނީ މީސްމީޑިޔާގައި ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް