އެމްއެންޑީއެފް އާއި އެމެރިކާގެ އަޝްކަރިއްޔާ އާއި ގުޅިގެން ކުރިޔަށް ގެންދިޔަ "އެކްސަސައިޒް ބެލެންސް މެޓަލް" ނިންމާލައިފިއެވެ.
އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް، މެރިންކޯ އަދި ކޯސްޓްގާޑްގެ ސިފައިން ބައިވެރިވި މި އެކްސަސައިޒް ކުރިޔަށް ގެންގޮސްފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 1 އިން 22 އަށެވެ.
އެކްސަސައިޒް ނިންމާލުމުގެ ގޮތުން އިއްޔެ ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާ، ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދެވެ.
އެ ތަމްރީނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލްފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލްފޯސަސްގެ ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް