އެމޭޒަން ރެއިން ފޮރެސްޓް ހިމާޔަތްކޮށް ދިނުމަށް ރައީސް ސޯލިހް ގޮވާލައިފި

ދުނިޔޭގެ އެންމެ ބިޔަ ބޮޑު ޖަންގަލި ކަމަށްވާ އޭމެޒަން ރެއިންފޮރެސްޓް ހިމާޔަތްކުރުމަށް އެދި ދިވެހިންގެ ފަރާތުން މުޅި ދުނިޔެއަށް ގޮވާލާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖ...

24 Aug 2019 | 05:42

ދުނިޔޭގެ އެންމެ ބިޔަ ބޮޑު ޖަންގަލި ކަމަށްވާ އޭމެޒަން ރެއިންފޮރެސްޓް ހިމާޔަތްކުރުމަށް އެދި ދިވެހިންގެ ފަރާތުން މުޅި ދުނިޔެއަށް ގޮވާލާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެެއްގައި ބުނެފައިވަނީ އެމޭޖަން ޖަންގަލީގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދާތީ އެކަމާއި ކަންބޮޑުވާކަމަށެވެ. އަދި އެ ހާދިސާގެ ޚަބަރު އެއްސެވީ ކަންބޮޑުވުމާއެކު ކަމަށާއި، އެ ޖަންގައްޔަކީ ދުނިޔޭގައި އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަންގެ 20 އިންސައްތަ އުފައްދާ، ދުނިޔޭގެ ފުއްޕާމޭ ކަމަށެވެ. އެހެންކަމުން ތިމާވެށީގެ ނާޒުކު ޤައުމެއްގެ ހައިސިއްޔަތުން، އެމޭޒަން ޖަންގަލި ހިމާޔަތް ކޮށްދިނުމަށް ދުނިޔެއަށް ގޮވާލާ ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެމޭޒަން ޖަންގަލީގައި ރޯވެފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ. އޭގެ ފަހުން އަލިފާންގަނޑު ހުއްޓުމެއްނެތި އަދިވެސް އަންނަނީ ފެތުރެމުންނެވެ. މި ޖަންގައްޔަކީ އިންސާނުންގެ ދިރުމުގެ ބޮޑު ހިއްސާ އެއް އޮންނަ ތަނެއް ކަމުގައި ވާއިރު، އެ އަލިފާން ގަނޑު ނިއްވުމަށްޓަކައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން އަންނަނީ އަޑު އުފުލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް