މާލޭގައި ޓެކްސީއަކުން ވައްކަން ކުރަން އުޅުނު މީހަކު ޓެކްސީ ތެރޭގައި އިންދާ އަތުލައިގެންފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އަތުލައިގެންފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާ އަތުލައިގެންފައިވަނީ އިންޑަސްޓްރިއަލް ޒޯންގައި ޕާކު ކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅެނިކޮށެވެ.
"މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޓެކްސީގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ނައްޓާލައިގެން ވަދެ ޓެކްސީ ތެރޭގައި އިންދާ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 2:31 ހާއިރުގައެވެ. މިމީހާ ހުއްޓުވާ ބަލާ ފާސްކުރިއިރު ކަށިގަނޑަކާއި ކަޓަރެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް