ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ނުވަދެއްޖެއްޔާ 23 ސެޕްޓެމްބަރުގެ ފަހުން ވަރަށް ހިތާމަވެރި ކަންތައްތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގައި އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ އިދިކޮޅު ކޯލީޝަނުން ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގެންނެވުން ބުއްދިވެރި ކަމުގައި އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރައީސް ޔާމީނަށް ވަރަށް ވަގުތު ކުޑަތަންވެފައިވާކަމަށާއި މިހާރުއްސުރެ ބުއްދިވެރިވާނީ ގާނޫނީ އިމުގެ ތެރެއަށް ވަޑައިގެންނެވުން ކަމަށެ. ކޮރަޕްޝަންގެ ކަންތައްތަކާއި މަރާލެވިގެންދިޔަ މީހުންގެ ކަންތައްތަތާމެދު ސުވާލުކުރެވޭނެކަމުގައި އިބޫވިދާޅުވިއެވެ. އަދި ސަރުކާރުން ކުރާކަންތައްތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތެއްވެސް މަޖިލީހުން ލިބިގެން ނުދާ ކަމަށާއި އެއްރޭ ހަތަރުދަމުންވެސް ސަރުކާރުގެ ގޯސް ވާހަކަ ދައްކާ ނުނިމޭނެކަމުގައިވެސް އިބޫ ވިދާޅުވިއެވެ.
ރ ދުވާފަރުން އިބޫއަށް މިއަދު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިރޭ ބޭއްވި ޖަލްސާގައިވެސް ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި އެ ރަށު ކައުންސިލް ރައީސް ޕީޕީއެމް ދޫކޮށް އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް